މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ހިދުމަތް ލިބޭ ގޮތަށް މާލޭގައި ބަސް ސްޓޭޝަންތަކެއް އިމާރާތްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ސިޓީ ކައުންސިލުގެ ވެބްސައިޓުން ބުނީ މާލޭގައި މުޅިން އަލަށް، އޭޓީއެމްގެ ހިދުމަތްތަކާ އެކު، ބަސް ސޮޓޮޕް އިމާރާތްތަކެއް ހެދުމަށް އެމްއައިބީއާ އެކު މިދިޔަ އާދިއްތަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ އެއްބަސްވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު ޒުލާލް ޒައީމެވެ.
މާލޭގައި ބަސް ސްޓޭޝަން އަޅާ ތަންތަން
° މަޖީދީ މަގު މާފަންނު މައިޒާން (ކުރީގެ މާފަންނު ގަބުރުސްތާން)
° އަމީނީ މަގުގައި ހުންނަ ސިނަމާލެ 3
° ބޮޑުތަކުރުފާނު މަގުގައި ހުންނަ ތައިސޭކޮށި
° ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދު



