މި ސަރުކާރަށް 104 ހަފްތާ އިއްޔެ ފުރިފައިވާއިރު ވޭތުވެދިޔަ 2 އަހަރުތެރޭގައި މާލެ އަތޮޅުގެ 9 ރަށެއްގައި އިތުރު 15 ޖެންސެޓް ސްޓެލްކޯއިން ބަހައްޓާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
ސްޓެލްކޯ އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 2 އަހަރުތެރޭގައި އެ ކުންފުނިން މާލެ އަތޮޅުގެ 9 ރަށެއްގައި އިތުރު 15 ޖެންސެޓް ބަހައްޓާފައިވާ ކަމަށާއި އޭގެތެރެއިން 12 ޖެންސެޓަކީ މުޅިން އައު ޖެންސެޓު ކަމަށެވެ.
”މި 15 ޖެންސެޓާއިއެކު މި 9 ރަށަށް ޖުމްލަ 12.8 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކުރެވިފައި.“ ސްޓެލްކޯ އިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ވޭތުވެދިޔަ 2 އަހަރު ތެރޭގައި މާލެ އަތޮޅުގައި ޖެންސެޓު ބަހައްޓާފައިވާ ރަށްތަކަކީ:
° ކ. ދިއްފުށި : 600 ކިލޯވޮޓް އަދި 1000 ކިލޯވޮޓްގެ ޖެންސެޓެއް (މިއީ މުޅިން އައު ދެ ޖެންސެޓު)
° ކ. ގާފަރު : 400 ކިލޯވޮޓްގެ މުޅިން އައު ޖެންސެޓެއް
° ކ. ގުޅި : 176 ކިލޯވޮޓް އަދި 500 ކިލޯވޮޓް އަދި ކިލޯވޮޓްގެ ޖެންސެޓެއް (500 ކިލޯވޮޓްގެ ޖެންސެޓަކީ މުޅިން އައު ޖެންސެޓެއް)
° ކ. ގުރައިދޫ : 800 ކިލޯވޮޓް އަދި 1000 ކިލޯވޮޓްގެ ޖެންސެޓެއް (މިއީ މުޅިން އައު ދެ ޖެންސެޓު)
° ކ. ހިންމަފުށި : 500 ކިލޯވޮޓްގެ މުޅިން އައު ޖެންސެޓެއް
° ކ. ކާށިދޫ : 500 ކިލޯވޮޓްގެ މުޅިން އައު ޖެންސެޓެއް
° ކ. މާފުށީ : 1000 ކިލޯވޮޓްގެ 2 ޖެންސެޓު އަދި 1600 ކިލޯވޮޓްގެ ޖެންސެޓެއް ( 1000 ކިލޯވޮޓްގެ އެއް ޖެންސެޓާއި 1600 ކިލޯވޮޓްގެ ޖެންސެޓަކީ މުޅިން އައު ޖެންސެޓެއް)
° ކ. ތިލަފުށި : 1000 ކިލޯވޮޓްގެ ޖެންސެޓެއް
° ވިލިމާލެ : 1600 ކިލޯވޮޓް އަދި 1200 ކިލޯވޮޓްގެ ޖެންސެޓެއް (1200 ކިލޯވޮޓްގެ ޖެންސެޓަކީ މުޅިން އައު ޖެންސެޓެއް)



