މި ސަރުކާރުގެ 104 ހަފްތާގައި، ދެ ސިޓީއެއްގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ސަރުކާރަށް ދެ އަހަރުވީއިރު ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައިވާ ދެ ސިޓީއަކީއައްޑޫ އަދި ފުވައްމުލައް ސިޓީއެވެ.
އެ މަސައަކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހިމް ވަހީދެވެ.
ޔޫތު މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން އެ ދެ ސިޓީގައި ވެސް 11,250 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންފިފިލާގެ އިމާރާތެއް ބިނާ ކުރާނެ ކަމަށެވެ.
އަދި މިއިން ކޮންމެ ފަންގިފިލައެއްގައި 5625 އަކަފޫޓު ހުންނާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިއިން ކޮންމެ މަސައްކަތެއް ވެސް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މި މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ކޮންމެ މަސައްކަތެއް 15.18 މިލިއަން ރުފިޔާއަށެވެ.
މި ސަރުކާރަށް ފުރިހަމަ ދެ އަހަރުވެފައި ވާއިރު ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް ޕަބްލިކް ލައިބްރަރީގެ ޚިދުމަތް ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.



