ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ވަނަވަރު އާންމުކޮށް ހޯދަން އިއުލާނުކޮށްފައި ވަނީ ނ. ޅޮހި / އާވެހި، އިބްރާހީމް ޞަބާޙް (40އ) އާއި ހ. ބްލޫޑްރީމް / މާލެ، މުޙައްމަދު ޙައިޝަމް (31އ) އެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހޯދަމުންދަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އިބްރާހީމް ޞަބާޙް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ބަންދުގައި ބަހައްޓައިގެން 2025 ނޮވެމްބަރު 23 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުުހުން ބުނެފައި ވެއެވެ.
އަދި މުޙައްމަދު ޙައިޝަމް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ބަންދުގައި ބަހައްޓައިގެން 2025 ނޮވެމްބަރު 24 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން ފުލުހުން ވަނީ އެ ދެ މީހުނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.



