ހުޅުމާލޭ ފެރީ ޓާމިނަލްގައި ކިއޮސްކު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ފެރީ ޓާމިނަލްގައި ކިއޮސްކު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މި މަސައްކަތަށް ކަނޑައަޅާ ޔުނިޓުގެ ބޮޑުމިނަކީ 258.33 އަކަފޫޓުގެ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެގޮތުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 4 ޑިސެމްބަރު 14:00 ކަމަށް އެޗްޑީސީން ބުނެފައި ވެއެެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަންވާނީ ބިޑް ސެކިއުރިޓީއާއެކު ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ ޕްރީ ޕްރޮޕޯސަލް މީޓިންގް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ 10:00 ޖަހާއިރު ޒޫމް މެދުވެރިކޮށް ކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުން އޮންނާނީ 25 ވަނަ ދުވަހު 14:00 ގެ ކުރިން އެޗްޑީސީއަށް މެއިލްކޮށްގެން ކަމަށެވެ.
މީގެ އިތުރުން މި މަސައްކަތަށް އެދި ޕްރޮޕޯސަލް ހުށަހެޅުން ޑިސެމްބަރު 4 ވަނަ ދުވަހުގެ 13:00 އިން 14:00 އަށް އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި ބާއްވަން ހަމަޖެހިފައިވާއިރު ޕްރޮޕޯސަލް ހުޅުވުން އޮންނާނީ އެ ދުވަހު 14:00 ގެ ފަހުން ހަމަ އެ މާލަމުގައި ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.



