ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާދޭ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ، ފްލޮރިޑާ، 51 އަހަރުގެ މުޙައްމަދު ފަޞީޙްއެވެ.
ފަރުވާދޭ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ މައްސަލައިގައި ހަައްޔަރުކުރުމަށްފަހު އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ފުލުހުން މި މަހުގެ 20 ވަނަ ދުވަހު ބުނީ އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދޭ މައްސަލައެއް މި މަހުގެ 5 ވަނަ ދުވަހު އެންޑީއޭއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ ތުހުމަތުތަކާގުޅިގެން 20 ވަނަ ދުވަހު ފުލުހުން ވަނީ އެންޑީއޭގެ ޕިއާރ މެންޓާރގެ ވަޒީފާ އަދާކުރަމުންދިޔަ ސ. ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހު، 51އ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.


