ފާއިތުވި ދެ އަހަރު ތެރޭ އެންސްޕާއިން އެއަރ އެމްބިއުލާންސް އަށްް114.1 މިލިޔަން ރުފިޔާ ހަރަދުކޮށްފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ދެ އަހަރު ތެރޭ އެންސްޕާއިން އެއަރ އެމްބިއުލަންސްގެ ޚިދުމަތަށް ވަނީ114.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައެވެ.
އެގޮތުން މިދިޔަ އަހަރު މި ޚިދުމަތަށް 29 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރު އެކަނިވެސް މި ޚިދުމަތަށް 85.1 މިލިޔަން ރުފިޔާ މިހާރު ވަނީ ޚަރަދުކޮށްފައެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ ރާއްޖޭގައި ވައިގެމަގުން ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުންފެށި ޚިދުމަތެކެވެ.
އެންސްޕާއަކީ 27 އޯގަސްޓް 2008 ގައި ވުޖޫދަށް އައި މުއައްސަސާއެކެވެ. މި މުއައްސަސާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤައުމީ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާއީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ.




