އަމީނިއްޔާގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ’ފޭސްބުކް ޕޭޖުގައި ފުލުހުން ހިއްސާކުރި ވީޑިއޯއެއްގައި ބުނީ ”އަމީނިއްޔާ“ގެ ނަމުގައި، ކަސްޓަމްސްގައި އޯޑަރެއް ހިފަހައްޓާފައިވާ ކަމަށް ބުނެ ލިންކެއް ފޮނުވަމުން އަންނަ ކަމަށެވެ.
ފުލުހުން ހިއްސާކުރި ސްކޭމަރުގެ ލިންކާއެކު އެ ޓޭޗުކޮށްފައިވާ މެސެޖުގައި ވާގޮތުން ޕޯސްޓަށް ފައިސާ ދެއްކުމުން ނޫނީ އޯޑަރު ކަސްޓަމަރުގެ އަތަށް ނާރާނެއެވެ.
ފުލުހުން ބުނީ، އަމީނިއްޔާބއާއި އެހެނިހެން ރެންޑަމް ނަންނަމުގައި މިފަދަ މެސެޖުތައް ލިބެމުން އަންނަކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މިގޮތުން އަމީނިއްޔާގެ ނަމުގައި ދައުރުވަމުން އަންނަ އެ މެސެޖުގެ ވީޑިއޯ ހިއްސާކޮށް ފުލުހުން ބުނީ އެ ލިންކަށް ފިތާލުމުން ބޭންކު ކާޑުގެ މައުލޫމާތު ސްކޭމަރަށް ލިބޭނެ ކަމަށެވެ.
އެހެންކަމުން މެސެޖުގައިވާ ލިންކަށް ފިތާނުލުމުށާއި، މެސެޖު ލިބޭއިރަށް ވަގުތުން ސްޕޭމްގެ ގޮތުގައި ރިޕޯޓުކޮށް ޑިލީޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



