ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހު ވިއްސާރަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ނެރުނު އެލާޓެއްގައި ވަނީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހު ވިއްސާރަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
އެ އިދާރާއިން ނެރުނު އެލާޓުގައި ބުނީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން 24 ނޮވެންބަރުގެ މެންދުރު ފަހުން ފެށިގެން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
މި ތިން ދުވަހު އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާ، ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް މެޓުން ބުނެފައި ވެއެވެ. އަދި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ބުނެފައި ވެއެވެ.
މީގެ އިތުރުން މި ތިން ދުވަހު ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން އެންމެހާ ފަރާތްތަކުން ހާއްސަކޮށް ދަތުރުވެރިން މިކަމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.




