އުރީދޫ މޯލްޑިވްސްގެ އޭއައި ޕަވަރޑް އީކޭވައިސީ ގަތަރުގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފިއެވެ.
އުރީދޫ އިން މިރޭ ބުނީ އެ ކުންފުނިން ބޭނުންކުރަމުންދާ އީކޭވައިސީ (އިލެކްޓްރޯނިކް ނޯ ޔުއަރ ކަސްޓަމަރ) ސޮލިއުޝަން ގަތަރުގެ ދޯހާގައި ކުރިއަށްދާ މޮބައިލް ވާރލްޑް ކޮންގްރެސްގައި ދައްކާލާފައިވާ ކަމަށެވެ.
އެގޮތުން އުރީދޫގެ ޑިޖިޓަލް ސިމް އެކްޓިވޭޝަން ޗެނަލްތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ މި ސިސްޓަމަކީ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް އޭއައި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އިންޑަސްޓްރީ ލީޑިން ސްޕީޑް އަދި ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ސޮލިއުޝަންއެއް ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.
”މި ސިސްޓަމް މެދުވެރިކޮށް އައިޑީ މައުލޫމާތު ނަގައި، ލައިވްނެސް ޗެކްކޮށް، ފޭޝަލް އައިޑެންޓިޓީއާ އެއްގޮތްކޮށް، އޮޓޮމެޓިކުން ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބި، މީގެ ކުރިން މި ޕްރޮސެސް ކުރިއަށް ދިޔަގޮތާ އަޅާ ބަލާއިރު ކަސްޓަމަރުންގެ ތަޖުރިބާ ފަސޭހަ ކޮށްދޭ“ އުރީދު އިން ބުނެފައި ވެއެވެ.
ކަސްޓަމަރުން ތަޖުރިބާ
• ފާސްޓް އޮންބޯޑިންގ: 60 ސިކުންތުން 10 ސިކުންތަށް ކުޑަކުރުން
• އިންސްޓަންޓް ސިމް އެކްޓިވޭޓްކުރުން: 90 ޕަސެންޓަށް ވުރެ ގިނަ ރަޖިސްޓްރޭޝަން މިހާރު އޮޓޮމެޓިކުން އެޕްރޫވް ކުރެވޭ
• ފްރޯޑް މަދުވުން: ފޭކް އައިޑީ އަދި ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާ ފޮޓޯތައް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެ
• ފަސޭހަ ވުން: ފޯނު މެދުވެރިކޮށް ލައިނުގައި މަޑުނުކޮށް ވަގުތުން އެކްޓިވޭޓް ކުރެވުން
އިތުބާރާއި، ރައްކާތެރިކަމާއި، އެފިޝިއެންސީ ހަރުދަނާކުރުން
.އޭއައި ބޭނުންކުރެވޭ މި ސިސްޓަމްގައި މަލްޓި ލޭޔާޑް ވެރިފިކޭޝަން ޕްރޮސެސްއެއް ހިމެނިފައިވޭ
. ކެމެރާ ބޭނުންކޮށްގެން އައިޑީ އަދި ސެލްފީ ނެގުން
.އޭ.އައި އޯ.ސީ.އާރު ބޭނުންކޮށްގެން މައުލޫމާތު އެކްސްޓްރެކްޓް ކުރުމާއި ވެލިޑޭޓް ކުރުން
.އެޑްވާންސްޑް ލައިވްނެސް އަދި އެންޓި-ސްޕޫފިން ޗެކްތައް
.ފޭސް ޓު އައިޑީ މެޗުކުރުން އާއި ޑޭޓާބޭސް ޗެކްކުރުން



