ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އިބްރާހީމް މުހައްމަދު ދީދީ މަޤާމުން ރިޓަޔާކުރައްވައިފި އެވެ.
ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުން އިބްރާހީމް މުހައްމަދު ދީދީ ރިޓަޔާ ކުރައްވާފައިވަނީ އިއްޔެއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އިބްރާހީމް މުހައްމަދު ދީދީ އައްޔަނުކޮށްފައި ވަނީ، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އެވެ. އޭގެ ކުރިން އިބްރާހީމް މުހައްމަދު ދީދީ ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަޤާމުގައެވެ.
އިބްރާހިމް މުހައްމަދު ދީދީ މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އާ ގުޅިވަޑައިގަތީ2006 ވަނަ އަހަރުއެވެ. އޭނާ ވަނީ ކަރެކްޝަންގެ އެކި މަޤާމުތަކުގައި 19 އަހަރު ޚިދުމަތް ކުރައްވާފައެވެ.



