ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދު ކަނޑާލުމުގެ އިސްލާހަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރެއް ކަމަށްވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.
އެގޮތުން އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަންނަ ހޮނިހިދު ދުވަހުގެ 12.00 އާ ހަމައަށް އެ ބިލަށް އާއްމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެހެންކަމުން އެ ބިލާމެދު އާއްްމުން ދެކޭގޮތް ނުވަތަ ހިޔާލު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިއުމުން ހުށަހެޅުމަށް ނޫން ނަމަ މާލިއްޔަތު ކޮމިޓީގެ މެއިލްއަށް މެއިލް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހޮނިހިރު ދުވަހުގެ 12:00 އާ ހަމައަށް ހުޅުވާލާފައެެވެ.
ކުރީގެ ރައްޔިތުންގެ ބައެއް އިނާޔަތްތައް ކަނޑާލަން މިއަދު ހުށަހެޅި އިސްލާހުގައި ވަނީ އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ 175،000 ރުފިޔާގެ އިނާޔަތް ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ ނަމަ އެ ދައުރެއްގައި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަވެސް އެ މުއްދަތުގައި ވެސް އިނާޔަތްތައް ނުލިބޭ ގޮތަށް ހިމަނާފައެވެ.
މީގެ އިތުރުން އެ އިސްލާހުގައި ވަނީ ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދޭން ހިމަނާފައެވެ. އެއީ، މާލީ ގޮތުން ދޭ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ އާއި ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.



