ގަސްގަހާއި ގެހީގެ ބައިތައް އިމްޕޯޓުކުރުމަށް މިހާތަނަށް 2000 މީހުންނަށް ހުއްދަދީފައިވާކަަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް ރާއްޖެއިން ބޭރުކޮށް އެތެރެކުރެވޭނީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުންނެއެވެ.
މިނިސްޓްރީން ބުނީ މަކުޑި ޕޯޓަލްގެ ތެރެއިން މި ހުއްދައަށް އެދެވޭނެ ކަމަށެވެ.
ރާއްޖެއިން ބޭރުން ގަސް އިމްޕޯޓްކުރުމަށް މިހާތަނަށް 2000 ފަރާތަކަށް ހުއްދަދީފައިވާ ކަމަށާއި ގަސްގަހާއި ގެހި އެކްސްޕޯޓުކުރުމަށް 3 ފަރާތަކަށް ހުއްދަދީފައިވާކަމަށް މިިނިސްޓްރީން ބުނެފައި ވެއެވެ.
އަދި ރުކާއި ރުކުގެ ބައިތައް އިމްޕޯޓްކުރުމަށް 3 ފަރާތަކަށް ހުއްދަދީފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ތަފާތު އެކި ކެމިކަލްތަކާއި ބޭސްތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ މިހާތަނަށް 1057 ފަރާތަކަށް ދީފައިވާ ކަމަށެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން، 3،869،648 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ހަސަތޭކަ ސާޅިސް އަށެއް) ގަސްގަހާއި ގެއްސާ، ގަހުގެ ބައިތައް ރާއްޖެ އެތެރެކޮށްފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ގަސްގަހާއި ގެއްސާއި ގަހުގެ ބައިތަކުގެ 405 ޝިޕްމެންޓް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.




