ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް ޓްރާންސްޕޯޓް މިނިސްޓްރީން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.
މިކަންހާމަކުރައްވާ އެކްސްގައި އަމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އެހެންކަމުން ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް މިވަގުތައް ހުއްޓާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




