ސިލޯނާއިއެކު ދިވެހިން“ ޓެލެތޯނަށް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަކީ ލަންކާއަށް އެރި ބާރުގަދަ ތޫފާން ”ދިތްވާ“ ގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯން ފެށީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ. މި ޓެލެތޯން ނިންމާލީ އިއްޔެ މެންދުރު 2ގައެވެ.
މި ޓެލެތޯންގައި ޕީއެސްއެެމާ އެކު 37 މީޑިއާއަކުން ބައިިވެރިވިއެވެ.
އެ ޓެލެތޯނަށް ލިބިފައިވާ އަދަދު:
* 11،553،291.10 (އެގާރަ މިލިޔަން ފަސްލައްކަ ފަންސާސް ތިންހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ ދިހަ ލާރި)
* 51،088.31 (ފަންސާސްއެއް ހާސް އަށްޑިހަ އަށްޑޮލަރު ތިރީސްއެއް ސެންޓް)
* 20 ޔޫރޯ
މި ޓެލެޓޯންގެ އޮފިޝިއަލް އޮޑިޓް ޕާޓްނަރަކީ ’ކްރޯ މޯލްޑިވްސް‘ އެވެ. ކްރޯ މޯލްޑިވްސްއިން ބުނީ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯން ފެށިގެން ނިމެންދެން ޕީއެސްއެމްއާ ވަރަށް ގާތުން މަސައްކަތް ކުރަމުން ދިޔަ ކަމަށާއި ޓެލެތޯންގެ ޕަންޑު ރެއިޒިން ވަގުތު ހަމަވުމަށްފަހު ފަންޑު ފޮށިތަކަށް ލިބިފައިވާ ފައިސާ ގުނުމުގެ ހުރިހައި މަސައްކަތެއްކޮށްފައިވަނީ ކްރޯ މޯލްޑިވްސް އިން ކަމަށެވެ.



