ލަންކާއަށް އެހީތެރިވުމަށް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
ލަންކާއަށް އެހިތެރިވުމަށް ޓެލެތޯނެއްް ކުރިއަށް ގެންދިޔައީ އެ ގައުމަށް އެރި ބާރުގަދަ ތޫފާން ”ދިތްވާ“ ގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯން ފެށީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ. މި ޓެލެތޯންގައި ޕީއެސްއެެމާ އެކު 37 މީޑިއާއަކުން ބައިިވެރިވިއެވެ. މި ޓެލެތޯން ނިންމާލީ އިއްޔެ މެންދުރު 2ގައެވެ.
އެގޮތުން އެ ޓެލެތޯން ނިންމާލިއިރު ޖުމުލަ 800،352 ޑޮލަރު ލިބިފައިވާ ކަމަށް ޕީއެސްއެމްއިން ބުނެފައި ވެއެވެ.
އެ ޓެލެތޯނަށް ލިބުނު އެހީގެ އަދަދު ފޮރިން މިނިސްޓްެރީއާ ހަވާލުކުރީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ.
އެ ޓެލެތޯނަށް ލިބުނު ޖުމުލަ 800،352 ޑޮލަރާ މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ.



