އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު މި ދަތުރުފުޅު ފެއްޓެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުވުމުގައި، ”ޑެޓް-ފޯ-ކްލައިމެޓް“ އަދި ”ޑެޓް-ފޯ-ނޭޗާ“ މަޝްރޫއުތައް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭ މަޝްވަރާތަކުގައިވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ހަމައެހެންމެ ރާއްޖެއާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާއި އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ހުށަހަޅުއްވާފަ އެވެ..



