ދިވެހިރާއްޖެއިން ލަންކާއަށް ހަދިޔާކުރާ، 25،000 މަސްދަޅު ކޭސް ރަސްމީކޮށް އެ ގައުމާ ޙަވާލުކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން އެ ތަކެތި ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދެވެ.
އަދި ލަންކާގެ ފަރާތުން އެ ތަކެއްޗާ ޙަވާލުވެވަޑައިގަތީ ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީ.އެމް.ސީ)ގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ބްރިގޭޑިއަރ ރޯޝަން ދަރްމާވަކްރަމާއެވެ.
ދިވެހި ސަރުކާރުން އެ މަސްދަޅު ކޭސް ލަންކާއަށް ފޮނުވާފައިވަނީ ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައެވެ ، 14 ކޮންޓެއިނަރުގައެވެ. މި ބޯޓު ލަންކާގައި ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.



