މާލޭ ވިޔަފާރިވެރިންގެ ބަނދަރަށް ބާލާފައިހުރި މުދަލުގެ ތެރެއިން ނުގެންގޮސް ހުރި މުދާ ނީލަމުގައި ވިއްކާލަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
އެ މުދާތައް ބަލަން ބޭނުންވާ ފަރާތްތަކުން 16 ޑިސެމްބަރު 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 3:30 ގެ ކުރިން، އޮކްޝަން ޕޯޓަލް މެދުވެރިކޮށް ނަން ނޯޓު ކުރަން ރިކުއެސްޓު ކުރަން ވާނެއެވެ. މުދާ ދެއްކުން އޮންނާނީ އެދުވަހުގެ ހަވީރު 4:30 ގައެވެ.
މި ނީލަމުގައި ބައިވެރިވެވެނީ އޮކްޝަން ޕޯޓަލްގައި ސަބްސްކްރައިބް ކުރާ ފަރާތްތަކަށް އެކަންޏެވެ.
މި މުދާތައް ނީލަމަށް ކިޔަން ފެށޭ ގަޑިއަކީ 17 ޑިސެމްބަރު 2025 ގެ 14:00 އެވެ. ނިންމާލާ ގަޑިއަކީ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
މުދާ ބަލަން ޕޯޓު ސަރަހައްދަށް ވަދެވޭނީ ބޫޓާއެކުގައެވެ.
ނީލަމުގައި ވިއްކާލާ ތަކެތީގެ ތެރޭގައި ފައިބާރަނާ ޗެނަލްއާއި އިތުރު މުދާ ހިމެނެއެވެ.




