ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން އަޑު އެއްސެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރުގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލު ކުރެއްވުމަަށް ނިންމަވައިފިއެވެ.
މިކަން އިއުލާނު ކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރުގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މި ބައްދަލުވުން އޮންނާނީ މާދަމާ 20:30 ގައި ކަލާފާނު ސްކޫލްގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ހާލު ބެއްލެވުމަަށް ރައީސް މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ދާދިފަހުން އެމަނިކުފާނު ވަނީ ވިލިމާލެ، މާފަންނު އަދި މައްޗަންގޯޅީގައި ދިރިއުޅޭ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑު އައްސަވާފައެވެ.



