55 ދަނޑުވެރިންނާއެކު މޯލްޑިވިސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސަސް (އެމްގެޕް) ސްޓޭންޑަރޑަށް އަހުލުވެރި ކުރުމުގެ ވޯކްޝޮޕް ފަށައިފިއެވެ.
ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނީ މިއީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ވޯކްޝޮޕެއް ކަމަށެވެ.
އެގޮތުން މީރުމާގައި އެ ވޯކްޝޮޕް ފަށާފައިވާކަމަށް މިނިސްޓްެރީން މިއަދު ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މި ވޯކްްޝޮޕްގައި ރާއްޖޭގެ 22 ރަށަކުން 55 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނޭނީ ބައިވެރިވާ ކޮންމެ ރަށަކުން ކައުންސިލް އޮފިޝަަލަކާއި ދަނޑުވެރިއެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މި ވޯކްޝޮޕްގައި ސްޓެންޑަރޑްގެ ތިއަރީ ބައި ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ މާލޭ ސިޓީގައި ކަމަށާއި ޕްރެކްޓިކަލް ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތޮއްޑޫގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މިގޮތުން އެ ވޯކްޝޮޕްގެ ބައިވެރިން މާދަމާ، ތޮއްޑޫއަށް ދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.
ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްގެޕް ނުވަތަ މޯލްޑިވިސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސަސް އަކީ މުހިންމު ސްޓޭންޑަރޑެކެވެ.
މިހާތަނަށް ރާއްޖޭގައި 10 ދަނޑުވަނީ އެމްގެޕް ސެޓިފައިޑް ވެފައެވެ. އެއީ ށ. ގޮައިދޫގެ ދިހަ ދަނޑެވެ. އެއީ ފުރަތަމަ ފަހަރަށް 5 މޮޑިއުލް ފުރިހަމަކޮށް ސެޓިފައިޑްވި ފުރަތަމަ ފަހަރެވެ.




