ދިވެހިން ލިޔުމުގެ ހުނަރު އިތުރުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޚާއްސަ ޕްރޮގްރާމެއް ކުރިއަަށް ގެންގޮސްފިއެވެ.
އެމްޕީއެލް އިން މިއަދު ބުނިގޮތުގައި މި ޕްރޮގްރާމަކީ އެ ކުންފުނީގެ އިންޓަރންޝިޕް ޕްރޮގްރާމުގެ ދަށުން، އިންޓަރނުންނަށް ކުރިއަށް ގެންދިޔަ ޚާއްސަ ސެޝަނެކެވެ.
މި ސެޝަނުގައި ދިވެހިން ލިޔުމުގެ ހުނަރު އިތުރު ކުރުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ބޭނުންވާނެ މުހިންމު ލިޔެކިޔުންތައް ތައްޔާރު ކުރާނެ ގޮތާއި މުއާމަލާތްތައް ކުރިއަަށް ގެންދާނެ ގޮތުގެ ތަމްރީނުވެސް ދީފައިވެއެވެ.
މިފަދަ ސެޝަންތަކުގެ ސަބަބުން ޒުވާނުން ވަޒީފާތަކަކަށް ކުރިމަތިލާން އިންޓަވިއުތަކަށް ދާއިރު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވާނެކަމަށް ޤަބޫލު ކުރެވޭ ކަމުގައި އެމްޕީއެލްއިން ބުނެފައިވެއެވެ.




