ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމުމަށް ހަވާލުވެފައިވާ ލ. ހިތަދޫ ޕޮލިސް ޕޯސްޓްގެ މަސައްކަތްތަކުގެ އަދާހަމަ އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އާރްޑީސީން މިކަމާ ގުޅޭގޮތުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ލ. ހިތަދޫ ޕޮލިސް ޕޯސްޓްގެ މަސައްކަތްތަކުގެ ތެރެއިން، ގްރައުންޑް ސްލެބް ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.
މި މަސައްކަތާ ގުޅޭގޮތުން މިދިޔަ މަހު އާރްޑީސީން ދިން އަދާހަމައިގައި ބުނެފައިވަނީ އެ މަޝްރޫއުގެ ބޭސްމެންޓް ބެކް ފިލިންގ އަދި ކޮލަމް ހިކިންގ ގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށެވެ.




