އެއްފުރާޅެއްގެ ދަށުން ޒަމާނީ ކޮންސްޓްރަކްޝަން ހައްލު ލިބޭނޭ ގޮތަކަށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވްރޫމް ހުޅުވައި ޚިދުމަތް ދޭންފަށައިފި އެވެ.
ޒަމާނީ ފެންވަރަށް ރިނޮވޭޓްކޮށް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯވރޫމް ހުޅުވައިފައިވަނީ ހަމަކުރިންވެސް އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވައިފައިވާ ލޮކޭޝަނުގައި، އެސްޓީއޫ ސްމާރޓް ސްޓޯއާއި ޖެހިގެންނެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. ޝޯވްރޫމް ހުޅުވުމަށް ބޭއްވި ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި، ބޯރޑު މެމްބަރުންގެ ރޯލް ވަރަށް ބޮޑަށް ފަހާގަކޮށް އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ މިފިހާރައިން އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތަކުގެ ސާމާނު ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ. އަދި ހުޅުމާލެ ރައްޔިތުން ބޭނުންވާ ޕްރޮޑަކްޓްތައް މިހާރު މާލެ ނާދެވޭ ހާލަތެއްގައިވެސް ހުޅުމާލެ ޝޯވރޫމް އިން ފަސޭހައިން ގަނެެލެވޭނަކަމަށްވެސް އެސްޓީއޯއިން ބުނެފައި ވެއެވެ.
ޝޯވްރޫމްއިން ލިބޭ ޚިދުމަތްތައް:
- މަކިޓާ އަދި ނިޕޯން ޕެއިންޓްގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި ރެޑީމިކްސް އޯޑަރު ކުރެވޭނެ.
- ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ވަގުތުން ތައްޔާރުކޮށްލެވޭނެ.
- އެސްޓިއޯ ޕަވަރމިކްސް ކަސްޓަމަރުންނަށްވެސް ރެޑީމިކްސް ކޮންކްރީޓް އޯޑަރު ކުރެވޭނެ.
- ކޮންސްޓްރަކްޝަންސް މެޓީރިއަލްސް (ސިމެންތި, ހިލަ, ހިލަވެލި, ދަގަނޑު, ގީއައި ޕައިޕް, ސިމެންތި ފިލާ. އަދި ރޫފިންގް ޝީޓްވެސް އޯޑަރު ކުރެވޭނެ.
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(ޢެސްޓީއޯ)އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ.




