މޫސުން ގޯސްވާނެކަމަށް ލާފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
އެއިދާރާއިން ނެރުނު ވައިޓް އެލާޓްގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށެވެ.
ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 12 ޖެހުމާއި ހަމަޔަށެވެ.
މޫސުން ގޯސްވެ ރޭ ދަންވަރު، ރާއްޖޭގެ ބައއް ސަރަހައްދުތަކަށް ރީނދޫ އެލާޓްވެސް ނެރުނެވެ. އެހެންނަމަވެސް މިހާރު ވަނީ އެ އެލާޓްތައް ވައިޓް އެލާޓަށް ބަދަލުކޮށްފަ އެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކަށް މިހާރު ދަނީ ވިއްސާރަކުރަމުންނެވެ.



