މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފަށައިގެން، ނޯތު ހާބަރު ހިމެނޭ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.
މިއީ ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މި މަސައްކަތުގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދެވެ.
އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. މަގު ތަރައްޤީކުރަނީ 4 ލޭނަކަށެވެ. އެމްޓީސީސީން މިމަސައްކަތް ފަށަނީ ރޯދައިގެ ކުރިން މަސައްކަތް ނިންމައި މަގު ހުޅުވާލުމަށް އަމާޒު ކޮށަގެންނެވެ.
އާދީއްތަ ދުވަހުގެރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގައި ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖްކްޓްތަކަށް އަލިއަޅުއްވާލައްފާފައެވެ. ރައީސް ވިދާޅުވީ، މާލޭގެ އެންމެ ކާރޫބާރޫ ބޮޑު، މާލޭގެ މާރުކޭޓު ސަރަޙައްދުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާނެކަމަށެވެ. މަގު ތަރައްޤީކުރާނީ ދެކޮޅަށް ދުއްވޭ ސަރަޙައްދެއްގެ ގޮތުގައެވެ. މިހާރު ބާޒާރުމަތީގެ ބޮޑު ސަރަޙައްދަކީ އެއްކޮޅަށް ދުއްވޭ ސަރަޙައްދެވެ.
”ބޭރުގެ އެހީގެ ޕްރޮޖެކްޓްތަކުގައި ނުހިމެނޭ މަގުތައް ސަރުކާރުން އެވަނީ ފަށާފައި. މާލޭގެ ބާޒާރު ސަރަޙައްދު ވަރަށް ތޮއްޖެގޭ. އެ ސަރަޙައްދުގެ މަގުތައް ފުޅާކޮށް ދެކޮޅަށް ދުއްވޭ ދެ ލޭނު އޮންނަގޮތަށް ފުޅާކުރުމުގެ މަސައްކަތް ބާރަށް އެބަ ހިނގާ. މިބަލަނީ ރޯގައިގެ ކުރިން ބަޒާރުމަތީގެ އެންމެ ބާރުބޮޑު ސަރަޙައްދު ނިންމާލަން. އެއީ އެމްޕީއެލް ސަރަޙައްދުން ފަށައިގެން އިއްޒުއްދީނު ފާލަމާ ހަމައަށް.“ ރައީސް ވިދާޅުވިއެވެ.
އާދީއްތަ ދުވަހުގެރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގައި ރައީސް މުޢިއްޒު ވަނީ، މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖްކްޓްތަކަށް އަލިއަޅުއްވާލައްފާފައެވެ. ރައީސް ވިދާޅުވީ، މާލޭގެ އެންމެ ކާރޫބާރޫ ބޮޑު، މާލޭގެ މާރުކޭޓު ސަރަޙައްދުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާނެކަމަށެވެ. މަގު ތަރައްޤީކުރާނީ ދެކޮޅަށް ދުއްވޭ ސަރަޙައްދެއްގެ ގޮތުގައެވެ. މިހާރު ބާޒާރުމަތީގެ ބޮޑު ސަރަޙައްދަކީ އެއްކޮޅަށް ދުއްވޭ ސަރަޙައްދެވެ.
މަގުހެދުމުގެ ފުރަތަމަ ފިޔަހީގެ ސެގްމަންޓް 1ގެ މަސައްކަތް ނިންމާ އިއްޔެ ހަވީރު ވަނީ އާއްމު ދަތުރުފަތުރުތަކަށް ހުޅުވާލާފައެވެ. ލޯކަލް މާރުކޭޓް ސަރަޙާއްދުން ފަށައިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ތަރައްޤީކުރުމުގެ މަސައްކަތް ފުރަތަމަ ފިޔަވަހީގައި ހިމެނޭއިރު، އެ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓްގައި 140 މީޓަރުގެ ސަރަޙައްދުގައި ތާރު އަޅާ ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. މިއީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ.



