ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒުގައި އިތުރު އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ހަވާލުކޮށްފަައި ވަނީ އެލްއެމްއޭ އިންވެސްޓްމަންޓާއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުން ހަވާލުކޮށް، އެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޝަރީފެވެ. އަދި އެލްއެމްއޭ އިންވެސްޓަމެންޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އޮޕަރޭޝަންސް އޮފިސަރު މޫސާ ނަޒްމީއެވެ.
ހެލަތު މިނިސްޓްރީން ބުނީ މިއީ1.7 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫޢު އެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ނޮޅިވަރަމް ސިއްހީ މަރުކަޒުގައި ދަތުގެ ފަރުވާ އަދި އެކްސްރޭގެ ހިދުމަތް ފެށުމުގެ ގޮތުން، ޑެންޓަލް ރޫމަކާއި އެކްސްރޭ ރޫމް އަދި އިތުރު ކޮންސަލްޓޭޝަން ރޫމެއް ތަރައްގީކުރާނެއެވެ.




