ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައިވެސް ވިޔަފާރީގެ އުސޫލުން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ޤާއިމުކުރުމާއި، ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެ މިނިސްޓްރީން ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެެވެ.
މިނިސްޓްެރީން ބުނީ މިީގެ މަގުސަދަކީ ހެލިކޮޕްޓަރު މެދުވެރިކޮށް ޓުއަރިޒަމް އިންޑަސްޓްރީ ކުރިއަރުވައި އެއާ އެމްބިއުލާންސް ޚިދުމަތާއި މީހުން ހޯދައި ކާރިސާތަކުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިންގުން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި ހެލިކޮޕްޓަރު ޚިދުމަތް ދޭ ފަރާތަކަށް، ފަތުރުވެރިން ހެލިކަޕްޓަރުގައި އުފުލަން 10 އަހަރުގެ އެކްސްކްލޫސިވް އެއްބަސްވުމެއް ދޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.



