ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހަކު އައިޖީއެމްއެޗްގެ ނާސިން ސްޓޭޝަނަކުން ވައްކަން ކޮށްގެން ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރުމަށްފަޖު، އޭނާގެ ފަރާތުން މުޖުތަމައުއަށް ގެއްލުންވެދާނެ ކަމަށްބުނެ ކްރިމިނަލް ކޯޓުން ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހަށް ބަންދުކުރަން އިއްޔެ އަމުރު ކޮށްފައެވެ.
އައިޖީއެމްއެޗްގެ ނާސިން ސްޓޭޝަނަކަށް ވަދެ، އެތަނުން ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ 37 އަހަރުގެ ދިވެއްސެކެވެ.
ބަންދު މަޖިލީހުން ނެރުނު އަމުރުގައިވާ ގޮތުން ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފަ އެވެ. އެގޮތުން ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން ހުށަހަޅައިފައިވާ ކަމަށް އަމުރުގައި ވެއެވެ.



