ޖަލުތަކުގައި ތިބޭ ގައިދީން ގުޅާނަމަ ނަމްބަރު ހިއްސާކުރުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް އިން އެދިއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖަލުތަކުގައި ތިބޭ ގައިދީން އެކި ފަރާތްތަކަށް ގުޅައި ގާނޫނާއި ގަވައިދާ ހިލާފު އަމަލުތައް ހިންގަމުންގެންދާކަން އެ މުއައްސަސާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިފަދަ ކޯލްތައް ރިޕޯޓްކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިގޮތުން ޖަލުތަކުގައި ތިބޭ ޤައިދީން ގުޅިކަމަށް ޝައްކުކުރެވޭނަމަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ޕޯޓަލްއެއްގެ ތެރެއިން ރިޕޯޓްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.
މިނިސްޓްރީން ބުނީ އެ ޕޯޓަލްއަށް ވަންގަވް މެދުވެރިކޮށް ލޮގިންވެވޭނެ ކަމަށެވެ.



