ނޯޓިލަސް ފައުންޑޭޝަނުން، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަށް 150,000 ރުފިޔާގެ އެހީއެއް ދީފިއެވެ.
ނޯޓިލަސް ފައުންޑޭޝަނުން ބުނީ އެ އެހީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެންސަރުން ބަލި ދިފާއުވުމުގެ މަސައްކަތްތަކަށް ދިން އެހީ އެއް ކަމަށް ނޯޓިލަސް އިން ހާމަކުރެއެވެ.
އަދި އެއީ ބަލި ދެނެގަތުމަށް ކުރެވޭ ސްކްރީނިން ޕްރޮގްރާމްތަކާއި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ބޭނުމުގައި ދިން މާލީ އެހީއެއް ކަމަށް އެ ފައުންޑޭޝަނުން ބުނެފައި ވެއެވެ.
ނޯޓިލަސް ފައުންޑޭޝަނުން ބުނީ އެ ފައިސާގެ އެހީ ބޭނުންކުރާނީ ކުރީކޮޅުގައި ކެންސަރު ދެނެގަތުމަށް ކަމަށެވެ.
މިގޮތުން ކެންސަރާ ބެހޭގޮތުން އާންމުންނަށް މައުލޫމާތުދިނުމަށް އަމާޒުކޮށް ކެންސާ ސޮސައިޓީން މިހާރުވެސް ހިންގަމުންދާ ކެންސަރާ ގުޅުންހުރި ޕްރޮގްރާމްތަކައް އެ އެހީ ބޭނުން ކުރާނެ ކަމަށް ނޯޓިލަސް ފައުންޑޭޝަނުން ބުނެއެވެ.
މީގެ އިތުރުން މަންތާ އެވިއޭޝަނުން ކެންސަރު ސޮސައިޓީގެ ދަތުރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެއްބަސްވެފައި ކަމަށް ނޯޓިލަސް ފައުންޑޭޝަނުން ހާމަކޮށްފައި ވެއެވެ.



