ޖަޕާނުގެ އުތުރުގެ ސަރަހައްދަށް 6.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފިއެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ބުނި ގޮތުގައި މި ބިންހެލުމުގެ އައީ 20 ކިލޯމީޓަރު އަޑިންނެވެ. އަދި އޭގެ ފަހުން 4.3 އާއި 5.7 މެގްނިޓިއުޑްގެ ބާރުމިނުގައިވެސް ބިންހެލުން އައިސްފައިވެއެވެ.
ޖަޕާނުގެ އިރުމަތީ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް ސުނާމީ އެޑްވައިޒަރީ ނެރެ، ރާޅުތައް 1 މީޓަރަށް އަރާނެ ކަމުގެ އިންޒާރު އެ އިދާރާއިން ވަނީ ދީފަ އެވެ.
ޖަޕާނުގެ އިމަޖެންސީ ވޯނިންގް އެޕް އެންއީއާރްވީ އިން ބުނާ ގޮތުގައި ބިންހެލުމާއި ގުޅިގެން އެތައް ހާސް ބަޔަކަށް ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް މީހުން ހުސްކުރުމުގެ އިންޒާރުވެސް ލިބިފައިވެއެވެ.
އެގޮތުން އެ އިންޒާރާ ގުޅިގެން 6000އެއްހައި މީހުން މިހާރު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރެވިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއަދު އައި ބިންހެލުން އައިސްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެ ސަރަހައްދަށް 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެންނެވެ. ހޯމަ ދުވަހު އައި ބިންހެލުމާއި ގުޅިގެން ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބޮޑު ބިންހެލުމެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.





1 Comment
ސިކްސް ސެވަން!!!