2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ނަތީޖާތައް ހޯދާފައިވާ ފަރާތްތަކާއި އަގުހުރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށްދޭ އިނާމު 32 ފަރާތަކަށް އަރުވައިފިއެވެ.
އެ އިނާމު އެ ފަރާތްތަކަށް އަރުވާފައި ވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ.ދުވާފަރުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
އެގޮތުން މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށާއި، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކުރެވޭ ނަތީޖާތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި، މަސްވެރި އުޅަނދުތަކަށާއި، ކުންފުނިތަކަށާއި، މަސްވެރީންނަށް ވަނީ އިނާމު ދެއްވާފައެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އިނާމު 2024 ވަނަ އަހަރު ލިބިވަޑައިގެންފައި ވަނީ ގ. ފިޔާތޮށިގޭ އަލްމަރްޙޫމް ޙަސަން ޞާބިރު (ނ.ޢ.ޢ.ވ)އަށެވެ.
2024ވަނަ އަހަރު މަސްވެރިކަމުގެ އިނާމު ލިބޭ ފަރާތްތަކުގެތެރޭގައި:
1- ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ކެޔޮޅު: މުޙައްމަދު އަނީސް، ފެންފިޔާޒުގެ، ގއ. ދެއްވަދޫ
2- ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންގެންދާ ޒުވާން ކެޔޮޅު: މުޙައްމަދު އަފްރާޚް، ހެޕީލައިފް، ރ. ދުވާފަރު
3- ޚިދުމަތްތެރި ފަރު މަސްވެރިޔާ: އާދަމް ޙަސަން، ޕެރިސް، އދ. މަހިބަދޫ
4- އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ސ. ހިތަދޫ، މަހާ ވިދުވަރު
5- ދެވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ގދ. މަޑަވެލި ޓީ.އެސް.ލައިން
6- ތިންވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ސ. މަރަދޫ ކޮންކޯޑު-2
7- އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އދ. އޮމަދޫ ޖަވާހިރު
8- ދެވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އއ. ރަސްދޫ ޒޫމް ފިޝަރ
9- ތިންވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އދ. މަހިބަދޫ އަސުރުމާ – 3
10- އެންމެ ގިނައިން ކަޅުބިލަމަސް ގަނެފައިވާ ކުންފުނި: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
11- އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވާ ކުންފުނި: އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
12 – އެންމެ ގިނައިން ފަރުމަހުގެ ބާވަތްތައް ގަނެފައިވާ ކުންފުނި: ސީޕާޓްނަރސް މޯލްޑިވްސް
13 – އަގު އެއްކޮށް، މަހުގެ އުފެއްދުންތައް ތައްޔާރުކޮށް، ދިވެހިރާއްޖެއިން އެކްސްޕޯޓު ކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދާފައިވާ ކުންފުނި: ހޮރައިޒަން ފިޝަރީޒް
2023 ވަނަ އަހަރު މަސްވެރިކަމުގެ އިނާމު ލިބޭ ފަރާތްތައް:
1- ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ކެޔޮޅު – ޝަމްޢޫން މުޙައްމަދު، ގއ. ވިލިނގިލީ، ރޭނިސް
2- ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންގެންދާ ޒުވާން ކެޔޮޅު – ޢަބްދުﷲ ޔަމާން، ލ. ގަން ތުނޑި، ގުރުވަ
3- ޚިދުމަތްތެރި ފަރުމަސްވެރިޔާ – ޞަފައިރު ލުޠުފީ، ފ. ބިލެތްދޫ، ސަންޓާނާ
4- އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި – ގދ. މަޑަވެލި ޓީ.އެސް. ލައިން
5- ދެވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި – ގއ. ނިލަންދޫ ހަނދުވަރީ
6- ތިންވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި – ސަފީނާ، ކ. މާލެ
7- އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި – އއ. ރަސްދޫ ޒޫމް ފިޝަރ
8- ދެވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި – ބ. ތުޅާދޫ، ހައިސަމް ދޯނި
9- ތިންވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި – އދ. މަހިބަދޫ އަސުރުމާ – 3
10- އެންމެ ގިނައިން ކަޅުބިލަމަސް ގަނެފައިވާ ކުންފުނި – މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
11- އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވާ ކުންފުނި – ބިގް ފިޝް މޯލްޑިވްސް
12- އެންމެ ގިނައިން ފަރުމަހުގެ ބާވަތްތައް ގަނެފައިވާ ކުންފުނި – ސީޕާޓްނަރސް މޯލްޑިވްސް
13- އަގު އެއްކޮށް، އެކްސްޕޯޓު ކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދާފައިވާ ކުންފުނި: ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
14- މެރިކަލްޗަރގެ ދާއިރާއިން އަގުހުރި ދިރާސާތަކެއް ކުރައްވާފައިވާތީ: ޙަސަން ޝަކީލް، ހދ. ވައިކަރަދޫ، ބްރީޒްވިލާ
15- މަސްވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ: ޒަހިއްޔާ މުޙައްމަދު، އއ. އުކުޅަސް މުރީދުގޭ
16- މަހުގެ އުފެއްދުންތައް އުފެއްދުމުގެ ދާއިރާއިން އަގުހުރި ޚިދުމަތެއް ކޮށްދެއްވާފައިވާތީ: ޝަރީފާ އިދުރީސް، ބ. ތުޅާދޫ އާލިޔާމަންޒިލް،
17- މަސްވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލެއް ގެނައުމުގައި އަގުހުރި ޚިދުމަތެއް ކޮށްދެއްވާފައިވާތީ: ޔަންމާ
18- މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާފައިވާތީ: ޖަޕާނު ސަރުކާރު


