ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ދެ ބިދޭސީއަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފުލުހުން މިދެ މީހުންގެ ފޮޓޮއާއި ވަނަވަރާއެކު ހޯދަން އިއުލާނުކޮށްފައިވަނީ ތަހުގީގަށް އެމީހުން ހާޒިރުކުރަން ބޭނުންވިނަމަވެސް، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުނުކުރެވިގެންކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ބަންގްްލަދޭޝްގެ ދެ ރައްޔިތުންނެވެ. އެއީ ޝޮހެދުއްލާ އަދި އަދި ކޮކޮން މިއާ ނަމަކަށް ކިޔާ ދެމީހުންނެވެ. ދެމީހުންގެވެސް އުމުރަކީ 34 އަހަރެވެ.
މި ދެމީހުން ފުލުހަށް ހާޒިރުކުރަނީ، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށްކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި، ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 11 ވަނަ ދުވަހުގެ 20:00 އަށް ހާޒިރުވުމަށް ފުލުހުންވަނީ އިއުލާނުކޮށްފަ އެވެ.





1 Comment
ޢެބަ ތިބި ހުދުމާ ކަންމަތީ