އަންނަ އަހަރު ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނެ ގަޑިތައް އާންމުކޮށްފިއެެވެ.
އެގޮތުން ފެމިލީ ކޯޓުން ބުނީ ރަސްމީ ދުވަސްތަކާއި ހުކުރު ހޮނިހިރު ފިޔަވައި ބަންދު ދުވަސްތަކުގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން 11:30 ކަމަށެވެ.
އަދި މެންދުރު 1 އިން 1:30 ހަމައަށް ކައިވެނި ކޮށްދޭން ހަމަޖެހިފައި ވާއިރު ހަވީރު ކައިވެނި ކޮށްދޭން ހަމަޖެހިފައި ވަނީ 3:00 އިން ރޭގަނޑު 9:30އާ ހަމައަށެވެ.
ހަމައެހެންމެ އަންނަ އަހަރު ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ހަމަޖެހިފައިވަނީ ހަވީރު 3:00އިން ރޭގަނޑު 9:30އާ ދެމެދު ކަމަށް އެ ކޯޓުން ބުނެފައި ވެއެވެ.
ފެމިލީ ކޯޓުން ވަނީ، ހަފްތާ ބަންދުގައިވެސް ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފައެވެ.
ހުކުރު ދުވަހު ހަވީރު 3:00އިން ރޭގަނޑު 9:30 އަށް ކައިވެނި ކޮށްދޭން ހަމަޖެހިފައިވާއިރު ހޮނިހިރު ދުވަހު ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 10:00 އިން ރޭގަނޑު 9:00އަށެވެ.
ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި އަންނަ އަހަރު ކައިވެނިކޮށްދޭ ގަޑިތައް، އެކަަމަށް އެދި ހުށަހެޅުމުން ކޯޓުގެ ވަގުތުތަކާއި ހުށަހަޅާ ފަރާތްތަކުގެ ވަގުތުތަކަށް ރިޢާޔަތްކޮށް ހަމަޖައްސާނެ ކަމަށް ވެސް އެ ކޯޓުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފެމިލީ ކޯޓުން ބުނީ މި ފެށޭ ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް އެ ކޯޓުން ފަހުން އިއުލާނު ކުރާނެ ކަމަށެވެ.



