ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ޚާއްސަކޮށް އެސްޓީއޯއިން ފަށާ ”ރަމަޟާން ބާޒާރު“ ރޭގައި ފަށައިފިއެވެ.
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ރަސްމީކޮށް ފަށާފައިވަނީ، އެކަމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭގައި ބޭއްވި ޚާއްސަ ހަފްލާއަކުންނެވެ. އެ ޚަފްލާ ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޗެއަރމަން އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަހުމަދު ޝަހީރުއެވެ.
މި އަހަރުގެ އެސްޓީއޯ ރަމަޟާން ބާޒާރު ކުރިއަށްދާނީ 18 މާރިޗު 2026 ގެ ނިޔަލަށެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޟާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމުގައި އެސްޓީއޯއިން ބުނެފައިވެއެވެ.

އެގޮތުން، ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މީގެ އިތުރުން، 500ރ އިން މަތިން ވިޔަފާރި ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ޑިޖިޓަލް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ހަފްތާއަކުވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން 1 ފަރާތަކަށް ވަރަށް ހާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ނިމުމާއިއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ޕްރޮމޯޝަންގެ ގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000ރ ގެ ފައިސާގެ އިނާމު ވެސް ލިބިގެންދާނެއެވެ.

މިއަހަރުގެ ރަމަޟާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށްދާނެއެވެ.
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ބާއްވާ މި ޕްރޮމޯޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ބައްލަވައިގަތުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ގިނަބަޔެއްގެ ބޮޑު ތަރުޚީބެއް ލިބެއެވެ.




