އައްޑޫ ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވަގަށް ނަގާފައިވާ 13 ކެޔޮގަނޑުގެ ވެރިފަރާތް ހޯދަން، ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ.
އައްޑޫ ސިޓީ ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކެޔޮގަނޑުތަކަކީ، ރޭ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ކަމަށެވެ.
އެ ކެޔޮގަނޑުތައް މިހާރު ހުރީ ހިތަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެތަކެތީގެ ވެރިފަރާތެއް ވާނަމަ ހިތަދޫ ޕޮލިސްގެ ނަންބަރު 9791612 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާ ކުރުމަަށް ފުލުހުން އެދިފައިވެއެވެ.
ވައްކަމުގެ މައްސަލަތަކުގައި ހޯދާތަކެއްޗާއި މީހުން ހޮވައިގެން ގެންނަ ތަކެތީގެ ވެރި ފަރާތް ހޯދަން ފުލުހުން ދޭތެރެދޭތެރެއިން އަންނަނީ އިއުލާންތައް ކުރަމުންނެވެ.




