ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު އެމަޖެންސީ ނޫން ސާޖަރީއެއް ކުރައްވައިފި ކަމަށާއި އެ ސާޖަރީ ކާމިޔާބު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ޒަމީރު ކުރަން ޖެހޭ މުހިންމު މެޑިކަލް ސާޖަރީއެއް މިއަދު ކޮށްފައިވާ ކަމަށެވެ. އެއީ ދުރާލައި ތައްޔާރުވެގެން، މި ވަގުތަށް ކޮންމެހެން ކުރަން ޖެހުނު ސާޖަރީއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ސާޖަރީ ކާމިޔާބު ކަމަށާއި މިނިސްޓަރ ޒަމީރުގެ ހާލުވެސް ރަނގަޅުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓަރ ޒަމީރު ހޮސްޕިޓަލުގައި ރިކަވަރ ކުރައްވަމުންދާ ކަމަށާއި އަންނަ ހަފުތާގައި އޮފީހަށް ނުކުންނަވާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި މިނިސްޓަރ ޒަމީރު އޮންނެވި ހޮސްޕިޓަލެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.



