ރާއްޖެއަށް އެތެރެކުރި 1.9 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި، އެ ތަކެއްޗާ ހަވާލުވާން ދިޔަ އަންހެނަކު 18 އަހަރަށް ޖަލަށްލުމާ އެކު 75،000 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ ގއ.ކަނޑުހުޅުދޫ ކަށިކެޔޮމާގެ، އަޒްމާ ޝަރީފް 18 އަހަރަށް ޖަލަށްލާން ހުކުމްކުރީ އެހެން މީހެއްގެ ނަމުގައި ސެޕްޓެމްބަރު، 2023 ގައި ފެޑެކްސް މެދުވެރިކޮށް ގެނައި މަސްތުވާތަކެތި ހުރި ފޮށިގަނޑަކާ އޭނާ ހަވާލުވި މައްސަލާގައެވެ.
ޝަރީއަތުގައި ހެކިބަސް ދެމުން ފުލުހުން ބުނެފައިވާ ގޮތުގައި އެ ފޮށިގަނޑުގައި މަސްތުވާތަކެތީގެ ބާވަތެއް ކަަމަށްވާ އެމްޑީއެމްއޭ ހުރުމުން އޭގެ ވެރިފަރާތް ހޯދުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގަނިކޮށް އެ ފޮށިގަނޑާ ހަވާލުވީ އަޒްމާ އެވެ.
އަޒްމާ ބުނެފައިވާ ގޮތުގައި އެ ފޮށިގަނޑާ ހަވާލުވާން ދިޔައީ ރައްޓެއްސަކު ބުނެގެންނެވެ. އަދި އެ ފޮށިގަނޑު އައިސްފައި އޮތީ ވެސް ފާތިމަތު ޖަމީމާ ނަމަަަކަށް ކިޔާ މީހެއްގެ ނަމުގަ އެވެ. ނަމަވެސް އަޒްމާ މެދުވެރިކޮށް އެ މީހާއާ އެ ފޮށިގަނޑު ހަވާލުކުރަން ކުރި މަސައްކަތަށް އަޒްމާ އެއްބާރުލުން ނުދިން ކަމަށް ފުލުހުން ކޯޓުގައި ދިން ހެކިބަހުގައި ބުނެފައިވެ އެވެ. އަދި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން އެ ހިސާބުން ނިންމާލައި އޭނާ ހައްޔަރުކުރީ އެހެންވެ ކަމަށް ފުލުހުން ބުނެފައިވެއެވެ.



