ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން މިކަންހާމަކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެމްއެންޑީއެފުން ކުރި ޕޯސްޓުގައި ބުނީ މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލެ ފޭސް 3ގައި މިރޭ 20:00 އާއި 20:30 އާއި ދެމެދުގައި ކަމަށެވެ. އަދި ހަވާ އެރުވުމުގެ މުއްދަތަކީ 3 މިނެޓު ކަމުގައި ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ކުރި ޕޯސްޓުގައި ބުނީ މި ޙަރަކާތަކީ، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުޞޫލުން ކުރިއަށްގެންދާ ޕްރައިވެޓް އިވެންޓެއް ކަމަށެވެ.



