ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޢަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލް-ޘާނީއަށާއި ޤަތަރުގެ ބޮޑުވަޒީރު ޝެއިޙް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް-ޘާނީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
އެ ޤައުމުގެ ޤައުމީ ދުވަހާއި ގުޅިގެން ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވާފައި ވަނީ ސޯޝަލް މީޑިއާގައި ޕްލެޓްފޯމް އެކްސް މެދުވެރިކޮށެވެ.
އެގޮތުން އެކްސްގައި ރައީސް ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޤަތަރުގެ ރަސްގެފާނަށާއި ބޮޑުވަޒީރާއި އެ ޤައުމުގެ ރައްޔިތުންނަށް ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
އަދި ރައީސްގެ ޕޯސްޓުގައި ވަނީ ޤަތަރަކީ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކުރައްވާ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާ ކުރެވޭ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޤަތަރާއި ރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ދަމަހައްޓާ އާލާ ކުރެވޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.




