ރަށުފެންވަރުގައި އަދި ގައުމީ ފެންވަރުގައި މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށް ދީފިއެވެ.
މިކަމަށްޓަކައި ޔޫތު ހަބްގައި ރޭ ބޭއްވި ހަފްލާގައި އެވޯޑް ލިބުނު ޖަމިއްޔާތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ.
މި އަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެ ފަރާތްތައް ބާރުވެރިކުރުވުގެ ދާއިރާ އިން ލިބުނީ ވިމެން އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް ތިނަދޫއަށެވެ.
އަދި ޚާއްސަ އެހީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ލިބުނީ ކެއާ ސޮސައިޓީ އަށެވެ.
ތަޢުލީމީ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު ތުޅާދޫ ސިލްވަރ ޝައިން ކްލަބަށް ލިބުނުއިރު ދިވެހިންގެ ޘަގާފަތާއި އާދަކާދަތަކާއި، ތާރީޚީ ތަރިކަ، ދިވެހިބަސް ދިރުވުމުގެ ދާއިރާ އިން އެވޯޑު ހާސިލް ކުރީ ޝާއިރުންގެ ވާދީއެވެ.
ތިމާވެށީގެ ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު 2025 ހާސިލް ކޮއްފައިވަނީ ކްލީން މޯލްޑިވްސްއެވެ.
ޞިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖްތަމަޢުއަކަށް މަސައްކަތް ކުރުން މި ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު މި އަހަރު ލިބުނީ އަލްޒައިމާރސް ސޮސައިޓީ އޮފް މޯލްޑިވްސްއަށެވެ.
މަސްތުވާ ތަކެތިން މުޖްތަމަޢު ރައްކާތެރިކުރުން މި ދާއިރާ އިން ސިވިލް ސޮސައިޓީ އެވޯޑު މި އަހަރު 2025 ހާސިލް ކޮއްފައި ވަނީ ގިރިންދާއެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑު މި އަހަރު 7 ޖަމިއްޔާއަކަށްލިބުނު ނަމަވެސް 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު އެ މިނިސްޓްރީން ވަޒަން ކުރައްވާނެ ކަމަށެވެ.
އަދި އަބަދުވެސް މަސައްކަތް ކުރާނީ މަދަނީ ޖަމިއްޔާތަކާއި އެކު ކަމަށާއި މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް ކުރިއެރުވުމަކީ އެ މިނިސްޓްރީން އެންމެ އިސްކަމެއް ދެއްވާނޭ އެއް ކަންތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



