ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 23 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެކަން އެ މަސައްކަތް ހަވާލުކުރި އެމްއޭސީއެލްއިން މިއަދު ހާމަކޮށްފިއެވެ.
ރަަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
އެމްއޭސީއެލްއިން ބުނީ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 23 ހެކްޓަރުގެ ބިން ހިއްކާ އެއްކޮށް ނިމިފައިވާ ކަމަށާއި އެއީ މުޅި މަޝްރޫއުގެ 17 އިންސައްތަ ކަމަށެވެ.
މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި އެނޫންވެސް ޖާގައިގެ ދަތިކަމަށް ދުރުރާސްތާ ޕްލޭނެއްގެ ދަށުން ހައްލު ގެނައުމަށް ސަރުކާރުންވަނީ ”ރަސްމާލެ“ ނަމުގައި ބިޔަ މަޝްރޫއުއް ފަށާފައެވެ. މިމަޝްރޫއުގެ ދަށުން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
އެގޮތުން 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް 3 ފަރާތަކުންދަނީ ކުރަމުންނެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ސައިޓް އޭގެ މަސައްކަތް ފެށީ މިމަހުގެ 1 ގައެވެ.



