ރައްޔިތުންނާއެކު ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވީހާވެސް ގާތުން އޮޅުންފިލުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު މިރޭ ޞަލާހުއްދީން ސްކޫލުގައި ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
ރައީސް ވިދާޅުވީ، މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއެކު ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ.
މިގޮތުން އެކަންކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
”ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ މި މަސައްކަތުގެ ބޭނުމަކީ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ފާޅުކުރައްވާ ކޮންމެ ޚިޔާލަކީ އަދި މަޝްވަރާއަކީ ހަމަ މުހިންމުކަމެއް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.




