އާ އަހަރާ ގުޅިގެން ހުޅުމާލެ ފިޔަވަހި 1 އަދި ފިޔަވަހި 2 ގުޅޭ ޗެނަލް ސަރަހައްދުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ”ނިއު އިޔަރ ފެސްޓިވަލް“އިން ސްޓޯލް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީ (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އޮންލައިންކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ”ފަސްޓް ކަމް ފަސްޓް ސާވް“ ފުރަތަމަ ހުށަހަޅާ މީހުންނަށް އިސްކަންދޭ އުސޫލުން ޝަރުތުހަމަވާ ފަރާތްތަކަށް ސްޓޯލް ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ.
އެ ފެސްޓިވަލަށް 80 ސްޓޯލް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާއިރު ސްޓޯލްތަކަށް ދުވާލަކަށް 500 ރުފިޔާގެ ރޭޓުން 6 ދުވަހަށް 3000 ރުފިޔާ ދައްކަން ޖެހޭނެކަމަށް އެޗްޑީސީން ހާމަކުރެއެވެ.
ސްޓޯލް ހިންގަން ހަަމަޖެހިފައިވާ ގަޑިތައް:
27 ޑިސެމްބަރުން 29 ޑިސެމްބަރަށް: 16:00 އިން 00:30އަށް
30 ޑިސެމްބަރުން 31 ޑިސެމްބަރަށް: 16:00 އިން 1:00އަށް
1 ޖަނަވަރީ 2026: 16:00 އިން 00:30އަށް
މި ފެސްޓިވަލުގެ ސްޓޯލްތައް ކުއްޔަށް ހިފުމަށް ހުށަހަޅާއިރު، އައިޑީ ކާޑު ކޮޕީ، އަދި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއްކަމުގައިވާނަމަ، އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ނުވަތަ އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ޕްރޮފައިލް ޝީޓް ހުށަހަޅަންޖެހޭނެކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެ ފެސްޓިވަލްގެ ސްޓޯލް ކުއްޔަށް ނެގުމަށް ފޯމު ހުށަހަޅަންޖެހޭނީ އޮންލައިން ލިންކު މެދުވެރިކޮށް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ އެ ފެސްޓިވަލުން ސްޓޯލް ކުއްޔަށް ހިފުމަށް ފޯމު ހުށަހެޅޭނީ މި މަހުގެ 22ވާ އާދީއްތަ ދުވަހުގެ 12:00 އިން ފެށިގެން 23 ޑިސެމްބަރުވާ ހޯމަ ދުވަހުގެ 12:00 ނިޔަލަށް ކަަމަށެވެ.



