ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުރުނބާތަކެއްގެ ވެރިފަރާތް ހޯދަން މިއަދު އިއުލާން ކޮށްފިއެވެ.
އައްޑޫ ސިޓީ ފުލުހުން، ފޭސްބުކްގައި ފޮޓޯއަކާއެކު ކުރި ޕޯސްޓެއްގައި ވަނީ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުރުނބާތަކެއް ގަން ޕޮލިހަށް ގެންގޮސްފައިވާ ކަމަށާއި، އެ ތަކެތީގެ ވެރިފަރާތެއް ވާނަމަ ގަމު ޕޮލިހަށް ހާޒިރުވެ، އެ ތަކެއްޗާ ހަވާލުވާން ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ހިއްސާކުރި ފޮޓޯއިން ފެންނަނީ ތިން ކުރުނބާ އިހަލެވެ.
ފާހަގަކުރެވޭ ގޮތުގައި، ވައްކަމުގެ މައްސަލަތަކުގައި ހޯދާތަކެއްޗާއި މީހުން ހޮވައިގެން ގެންދާ ތަކެތީގެ ވެރި ފަރާތް ހޯދަން ފުލުހުން ދޭތެރެދޭތެރެއިން އަންނަނީ އިއުލާންތައް ކުރަމުންނެވެ.
ދާދިފަހުން ވެސް އައްޑޫ ފުލުހުން ވަނީ، 13 ކެޔޮގަނޑު ހަވާލުކުރާނެ ވެރިފަރާތެއް ހޯދަން އިއުލާނުކޮށްފައެވެ.


