ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑު މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ މުހައްމަދު އާޒާދުއާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިކަމާގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޕީސީބީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މުހަމައްދު އާޒާދު، (ކޮކާގެ/ ހއ.ކެލާ) އާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް ބޭނުންވާކަމަށެވެ. އެގޮތުން، އާޒާދުއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ މިމަހުގެ ހަތްވަނަ ދުވަހުގެ 10:00 ގެ ކުރިން ޝަކުވާ ހުޝަހެޅުމަށް އާންމުންނަށް ފުރުސަތު ހުޅުވާލާފައިވާކަމަށް ބުނެފައި ވެއެވެ.
ޝަކުވާ ފޮނުވަން ބޭނުންވާ ފަރާތްތަކުން ފުުރިހަމަ ނަމާއި، ދާއިމީ އެޑްރެސްއަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެގޮތަށް އެ ޝަކުވާއެއް މަޖިލީހުގެ ސްޓޭޓް އޮންޑް އެންޓަޕްރައިސަސް ކޮމިޓީގެ އީމެއިލްއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ފޮނުފައި ދިނުމަށް އެދިފައި ވެއެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޕީސީބީ މެންބަރުކަމަށް އާޒާދު އައްޔަންކުރަން ފޮނުއްވި ސިޓީ އިއްވާފަ އެވެ. އަދި، އާޒާދަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ސްޓޭޓް އޮންޑް އެންޓަޕްރައިސަސް(ޢެސްއޯއީ) ކޮމިޓީއަށް ފޮނުވާފަ އެވެ.
އާޒާދު ޕީސީބީ މެންބަރުކަމަށް އައްޔަންކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާޜި ތަންތަން ޕްރައިވެޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އެވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުންނެވެ.




