ސްޓެލްކޯގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަން އެ ކުންފުނިން ފަށައިފިއެވެ.
ސްޓެލްކޯއިން އިއްޔެ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ ޚިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަނެ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށް އެކުލަވާލާފައިވާ ސްޓެލްކޯގެ ޚިދުމަތުގެ އޮންލައިން ފީޑްބެކް ފޯމެއް މިހާރު އެ ކުންފުނީގެ ވެބްސައިޓުގައި އާންމު ކޮށްފައިވާނެ ކަމަށެވެ.
މި ފޯމު މެދުވެރިކޮށް، ސްޓެލްކޯގެ ޚިދުމަތްތަކާއި ގުޅޭގޮތުން ޚިޔާލު ދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ސްޓެލްކޯގެ ފީޑްބެކް ފޯމުގައި ފުރިހަމަ ކުރުމަށް 8 ސުވާލެއް ހިމެނެއެވެ. އޭގެތެރެއިން ގިނަ ސުވާލު ހުރީ ސްޓެލްކޯއިން ދޭ ހިދުމަތްތަކަށް ރޭޓު ކުރެވޭ ގޮތަށެވެ. ރޭޓް ކުރުން ބަހާލެވިފައިވަނީ:
° ވަރަށް ރަނގަޅު
° ރަނގަޅު
° އާދައިގެ މިންވަރެއް
° ރަނގަޅެއް ނޫން
° އެއްގޮތަކަށް ވެސް ރަނގަޅެއް ނޫން
ސްޓެލްކޯގެ ފީޑްބެކް ފޯމް: https://stelco.com.mv/feedback




