ހުޅުމާލެ ފޭސް 3ގެ 40 ހެކްޓަރު ބިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިއްކައިފިއެވެ.
މި މަސައްކަތުގެ އަދާހަމައެއް މިއަދު ދެމުން އެމްއޭސީއެލް އިން ބުނީ، ހުޅުމާލޭ ފޭސް 3 ގައި ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރު ބިމުގެ ތެރެއިން މިހާރު 40 ހެކްޓަރު ހިއްކާފައިވާ ކަމަށާއި މިއާއެކު މި މަސައްކަތުގެ 63 އިންސައްތަ މިހާރު ފުރިހަމަ ވެފައިވާ ކަމަށެވެ.
މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދިޔުމަށް އެމްއޭސީއެލް އިން ބޭނުން ކުރަނީ 2 ޑްރެގަރެކެވެ. އެއީ 22،000 ސީބީއެމް ކެޕޭސިޓީ ހުންނަ ޕްރިންސް ޑަރ ނެޑަރލެންޑެން އާއި އޮރެންޖް ބްރޭންޑުގެ ޑްރެގަރެވެ.
އެމްއޭސީއެލް އިން މި މަސައްކަތް ފަށާފައިވަނީ 10 ނޮވެމްބަރ 2025 ގައެވެ.
ހަލުވި ސްޕީޑުގައި މި މަސައްކަތް ކުރިއަށްދާ ކަމަށާއި ސަރުކާރުން ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން ވެސް އެމްއޭސީއެލް އިން ވަނީ ދީފައެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނެސްދިނުމަށް އެމްއޭސީއެލް އިން ބިން ހިއްކުމާ ހަވާލުވެފައިވަނީ ރަސްމާލެއާއި ހުޅުމާލެ ފޭސް 3 ގެއެވެ.




