މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް 9،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ފަހުގެ ތާރީޙެއްގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.
އެ މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ވަނީ 9040 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ވަނީ 2،157،341 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1،959،699 އަޅާ ބަލާއިރު %10.1 އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ ޗައިނާ ފަތުރުވެރިން ކަމަށް ވެސް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.
އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތައް:
* ޗައިނާ: 325،544 ފަތުރުވެރިން
* ރަޝިއާ: 267،341 ފަތުރުވެރިން
* އިނގިރޭސިވިލާތް: 194،931 ފަތުރުވެރިން
* ޖަރުމަނު: 161،854 ފަތުރުވެރިން
* އިޓަލީ: 140،585 ފަތުރުވެރިން



